މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން އާއި، މާލޭ ސިޓީ ކައުންސިލް އަދި ދިވެހި ފުލުހުނާއި ބައްދަލުކޮށްފިއެވެ.
މި ބައްދަލުވުމަކީ މާލޭގެ ޕާކިންގ ތަކާ ގުޅޭ މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުން އޮތީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގައެވެ.
މިބައްދަލުވުން ބާއްވާފައި މިވަނީ މާލޭގެ މަގުތަކުގައި ޕާކިން ސްލޮޓްތައް ވަކި ފަރުދަކަށް ދީފައި އޮތް އޮތުން ނިމުމަކަށް ގެންނަން ޓްރާންޕޯޓް މިނިސްޓްރީން، މާލެ ސިޓީ ކައުންސިލަށް ފޮނުވި ސިޓީއަށް ޢަމަލު ކުރުމަށް ނިންމައި، މާލޭގެ މަގުތަކުގެ ޕާކިންއަށް ދޫކުރި ތަންތަން ޢާއްމުންނަށް ހުޅުވައިލުމަށް ނިންމާފައިވަނިކޮށެވެ.
ކައުންސިލުން، މި ކަމަށް ޢަމަލުކުރުމަށް ނިންމީ، ބުދަ ދުވަހު ބޭއްވުނު ކައުންސިލްގެ 4 ވަނަ ދައުރުގެ 211 ވަނަ ޖަލްސާގައެވެ.
މާލޭގެ މަގުތަކުން ޕާކިން ސްލޮޓްތައް އިތުރަށް ކުއްޔަށް ނުދެވޭނެ ކަމަށް އަންގައި ޓްރާންސްޕޯޓް މިނިސްޓްރީން ކައުންސިލަށް ވަނީ ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި، ޖުމްލަކޮށް ބުނެފައިވަނީ، މާލޭގެ މަގުތަކުން ތަންތަން ކުއްޔަށް ދިނުމަކީ، ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އެޓާނީ ޖެނަރަލް ލަފާ ދެއްވާފައިވާ ކަމަށެވެ.
މޭޔަރ ކުރިން ވިދާޅުވީ، މިކަމާ ގުޅޭ ގޮތުން ޓްރާންޕޯޓް މިނިސްޓްރީއާ މަޝްވަރާކުރައްވާނެކަމަށެވެ. އަދި މަގުތަކުގައި ހުރި ޕާކިންއަށް ގޮތެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން