ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް އިތުރު މެންބަރަކު ޢައްޔަންކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ހާމަކުރި ގޮތުގައި ފެނަކައިގެ ބޯޑު މެންބަރުގެ މަޤާމަށް ޢައްޔަންކޮށްފައިވަނީ ނ. ވެލިދޫ، އެއްގަމުގެ، މުޙައްމަދު އީމާނެވެ.
ފެނަކަ ކޯޕަރެޝަންގެ ލިމިޓެޑްގެ ބޯޑު މެމްބަރުގެ މަޤާމަށް ނ. ވެލިދޫ، އެއްގަމުގެ އަލްފާޟިލް މުޙައްމަދު އީމާން ވަނީ އައްޔަނުކޮށްފިއެވެ. pic.twitter.com/yMXcLEbhpv
— Privatization & Corporatization Board (@pcb_gov) September 14, 2025
އަލަށް ޢައްޔަންކުރެވުނު މެންބަރާއެކު ފެނަކައިގެ ބޯޑުގައި މިހާރު ޖުމުލަ ހަތް މެންބަރުން ތިއްބަވާނެއެވެ.
އެއީ ފެނަކައިގެ ޗެއާމަން، ޙުސައިން ޝާމް އާދަމާއި، މެނޭޖިންގ ޑިރެކްޓަރ، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙްގެ އިތުރުން ބޯޑު ޑިރެކްޓަރުން ކަމަށްވާ އަޙްމަދު މާޒިން، ޢަބްދުﷲ ޙަނީފް، ޢާއިޝަތު ޝިޒްލާ، މުޙައްމަދު ޝަރީފް ޢަލީ އަދި މުޙައްމަދު އީމާނެވެ.
މި ލިޔުން ކިޔާލުމުން