ޗައިނާގެ އެންމެ ބޮޑު މަސްވެރިކަމުގެ އުފެއްދުންތައް ވިއްކުމުގެ މަރުކަޒު ކަމުގައިވާ މަވެއި އެކުއެޓިކް ޕްރޮޑަކްޓްސް ޓްރޭޑިންގ ސެންޓަރަށް ވަޒީރު އަހުމަދު ޝިޔާމް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ކަނޑުގެ ކާނާގެ ވިޔަފާރި އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް މިފަދަ މަރުކަޒުތަކުގެ ހިންގުން ދަސްކުރުމާއި، އެކުއަކަލްޗަރ ދާއިރާއަށް ލިބޭނެ ފައިދާތައް ދިރާސާކުރުމެވެ.
މަވެއި އެކުއެޓިކް ޕްރޮޑަކްޓްސް ޓްރޭޑިންގ ސެންޓަރަކީ މަސްވެރިންނާއި، ސަޕްލަޔަރުންނާއި، އަދި ރާއްޖެއާއި ބޭރުގެ ވިޔަފާރިވެރިން ގުޅުވައިދީ، ކަނޑުގެ ތަފާތު ބާވަތްތަކުގެ ދިރުންތަކުގެ އުފެއްދުންތައް ވިއްކުމުގެ މަސައްކަތް ފަސޭހަކޮށްދޭ މުހިންމު މަރުކަޒެކެވެ. މިއީ ޗައިނާގެ އެތެރޭގެ ކަނޑުގެ ކާނާ ބެހުމުގެ މައި މަރުކަޒެވެ.
މި މަރުކަޒުގެ ހިންގުމުގެ ނިޒާމުން ދިވެހިރާއްޖޭގެ ކަނޑުގެ ކާނާގެ ވިޔަފާރި ކުރިއަރުވައި ހަރުދަނާކުރުމަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ. ޚާއްޞަކޮށް، ރާއްޖޭގެ އެކުއަކަލްޗަރ ދާއިރާ މިހާރު ފުޅާވަމުންދާ ދުވެލީގައި، މިފަދަ މަރުކަޒުތަކުން ލިބޭ ތަޖުރިބާ މުހިންމުވާނެ އެވެ. އަދި މިފަދަ މަރުކަޒުތަކުން ރައްކާތެރިކާނާ ތައްޔާރުކުރަނެ ގޮތާއި މާކެޓު ހޯދުމާއި، ބައިނަލްއަޤްވާމީ ފެންވަރުގެ ވިޔަފާރި ހިންގުމުގެ ތަޖުރިބާ ދަސްކުރުމަށް ރާއްޖެއަށް ފުރުޞަތުތައް ލިބިގެންދާނެއެވެ.
މީގެއިތުރުން
މި ލިޔުން ކިޔާލުމުން