ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަނާ ބައްދަލުކުރައްވައިފިއެވެ.
މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި"މޯލްޑިވްސް 2.0" އިނިޝިއޭޓިވްގެ ދަށުން ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް "ވަންގަވް" މެދުވެރިކޮށް ފޯރުކޮށްދިނުމާ ބެހޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.
މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަންއާ ބައްދަލުކުރެއްވުން.
މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި’މޯލްޑިވްސް 2.0‘ އިނިޝިއޭޓިވްގެ ދަށުން ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ’ވަންގަވް‘ މެދުވެރިކޮށް ފޯރުކޮށްދިނުމާބެހޭގޮތުން… pic.twitter.com/lbHNXnbarG— Ministry of Cities, Local Government, Public Works (@MoCLPmv) September 9, 2025
ދިވެހިރާއްޖޭގެ އިދާރީ ހިންގުން އެއް ވިއުގައަކުން ޑިޖިޓަލައިޒްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރެކެވެ. "މޯލްޑިވްސް 2.0"އަކީ މުޅި ދިވެހިރާއްޖެ ޑިޖިޓަލައިޒްކުރުމަށް ޓަކައި ކުރެވޭ ޚާއްޞަ މަސައްކަތްތަކެވެ. މި ކަމުގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ނިޒާމު އެއްކޮށް ބަދަލުވެ، ވަކިވަކިފަރުދުންނަށް ބޭނުންކުރެވޭ ރައްކާތެރި ނިޒާމެއް ޤާއިމްކުރެވިގެން ދާނެ ކަމަށް ސިޓީސް މިނިސްޓްރީން ބުނެއެވެ.
މި ލިޔުން ކިޔާލުމުން