ހއ.އަތޮޅު ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ފަށައިފިއެވެ.
މިއީ އަތޮޅު ހޮސްޕިޓަލެއްގައި މި ފަރުވާދޭ ފުރަތަމަ ހޮސްޕިޓަލެވެ. މިއީ ވާހަކަދެއްކުމުގައި ދަތިތައް ދިމާވާ ކުދިންނާއި މީހުންނަށް ދޭ ތެރަޕީއެކެވެ.
ދިއްދޫގައި ފެށި ޚިދުމަތާއެކު، ސްޕީޗް ތެރަޕީގެ ޚިދުމަތް ހޯދުމުގައި ދަތިތައް ހުރި ފަރާތްތަކުގެތެރެއިން މާލެއާއި ދުރު ހޮސްޕިޓަލްތަކަށް ދާންޖެހޭތީ ޚިދުމަތް ނުހޯދި ތިބި ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ހއ.އަތޮޅު ހޮސްޕިޓަލުން މިހާރު ވަނީ ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވާން ހުޅުވާލާފައެވެ. ހޮސްޕިޓަލްގެ ސޯޝަލް މީޑިއާ ޕޭޖްތަކުގައި ހިއްސާކޮށްފައިވާ ކިއު.އާރް ކޯޑް މެދުވެރިކޮށް މިޚިދުމަތަށް ރަޖިސްޓްރީ ކުރެވޭނެއެވެ. މި ފުރުޞަތު ހުޅުވާލި ފުރަތަމަ ދުވަހު 30އެއްހާ މީހުން ޚިދުމަތަށް އެދި ރަޖިސްޓްރީކޮށްފައިވާކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
މިޚިދުމަތް ހުރިހާ އުމުރުފުރާގެ މީހުންނަށްވެސް ލިބޭނެއެވެ. ހުކުރު ދުވަސް ފިޔަވާ ހުރިހާ ދުވަހެއްގައި ޚިދުމަތް ދިނުމުގެ އިންތިޒާމް ހަމަޖައްސަމުންދާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.
ސްޕީޗް ތެރަޕީގެ ޚިދުމަތް އަތޮޅުތެރޭގައި މިހާތަނަށް ޤާއިމުކޮށްފައިވަނީ ރީޖަނަލް ދެ ހޮސްޕިޓަލެއްގައެވެ. އެއީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައެވެ.
މި ލިޔުން ކިޔާލުމުން