ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް (ޖައިކާ) ގެ ކޮންސަލްޓަންޓުންނާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއާ ދެމެދު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމުގެ ދަށުން، އާރު.ޓީ.އެލް (RTL) ޕްރޮޖެކްޓްގެ ދަށުން ޒޯން 4 (މ، ފ، ދ، ތ އަދި ލ އަތޮޅު) ގައި ދަތުރުފަތުރުގެ ނިޒާމު ގާއިމު ކުރުމަށް ކުރަން ހަމަޖެހިފައިވާ ދިރާސާތައް ކުރުމަށް ޖައިކާގެ ފަރާތުން ދޭ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާ ކުރުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ބައްދަލުވުމުގައި ޖައިކާގެ ފަރާތުން ވަނީ މިނިސްޓްރީއާ މުހިންމު މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ. އެގޮތުން، މިހިނގާ ސެޕްޓެންބަރު އަދި އޮކްޓޯބަރު މަހު ކުރުމަށް ހަމަޖެހިފައިވާ ބޭސްލައިން ސާރވޭއާބެހޭ ތަފްސީލީ މައުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން، މި ސާރވޭތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ވަގުތު ތާވަލު (ޓައިމްލައިން) ވެސް މިނިސްޓްރީއާ ވަނީ ޙިއްސާކޮށްފައެވެ.
ޒޯން 4 ގައި ހިމެނޭ މުއައްސަސާތަކާއި ރައްޔިތުންނަށް ދަތުރުފަތުރުގެ ހިދުމަތްތައް ފަސޭހަކޮށްދިނުމަށް މި ދިރާސާތަކުގެ މުހިންމުކަން ވަރަށް ބޮޑެވެ. ޖައިކާގެ އެހީތެރިކަމާއެކު މި މަސައްކަތްތައް ކުރިއަށް ގެންދެވުމަކީ، ދަތުރުފަތުރުގެ ނިޒާމު ތަރައްގީކޮށް، ރައްޔިތުންނަށް އިތުރު ފަސޭހަތައް ލިބިގެންދާނެ ކަމެއް ކަމަށް މިނިސްޓްރީން ދެކެއެވެ.
މި ލިޔުން ކިޔާލުމުން