ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް (ޖައިކާ) ގެ ކޮންސަލްޓަންޓުންނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ވަނީ އާރު.ޓީ.އެލް މަޝްރޫޢުގެ ދަށުން ޒޯން 4 ގައި ހިމެނޭ މ. އަތޮޅާއި، ފ. އަތޮޅާއި، ދ. އަތޮޅާއި، ތ. އަދި ލ. އަތޮޅުގައި ދަތުރުފަތުރުގެ ނިޒާމު ގާއިމު ކުރުމަށް އެހީތެރިކަން ދިނުމުގެ ގޮތުން ކުރަން ހަމަޖެހިފައިވާ ދިރާސާތައް ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.
އާރު.ޓީ.އެލް ޕްރޮޖެކްޓްގެ ދަށުން ޒޯން 4 (މ،ފ،ދ،ތ އަދި ލ އަތޮޅު) ގައި ދަތުރުފަތުރުގެ ނިޒާމު ގާއިމު ކުރުމަށް އެހީތެރިކަން ދިނުމުގެ ގޮތުން ކުރަން ހަމަޖެހިފައިވާ ދިރާސާތައް ކުރުމަށްޓަކައި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް (ޖައިކާ) ގެ ކޮންސަލްޓަންޓުންނާއި މިނިސްޓްރީ އޮފް… pic.twitter.com/s36uxPhkE3
— Ministry of Transport and Civil Aviation (@MoTCAmv) September 2, 2025
މިބައްދަލުވުމުގައި ޖައިކާގެ ފަރާތުން މިހިނގާ ސެޕްޓެންބަރު އަދި އޮކްޓޫބަރު މަހު ކުރުމަށް ހަމަޖެހިފައިވާ ބޭސްލައިން ސާރވޭއާބެހޭ މައުލޫމާތާއި، އެ ސާރވޭތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޓައިމްލައިން ޖައިކާއިން ވަނީ އެ ވުޒާރާއާ ހިއްސާކޮށްފައެވެ.
އެ ވުޒާރާއާއި އެމްޓީސީސީ ގުޅިގެން ރާއްޖޭގެ 11 އަތޮޅެއްގައި މިހާރުވެސް އާރުޓީއެލްގެ ޚިދުމަތް ވަނީ ޤާއިމްކޮށްފައެވެ. ޒޯން 4 ގެ މި ފަސް އަތޮޅުގައި އާރުޓީއެލް ޚިދުމަތް ޤާއިމްކުރެވުމާއެކު، މި ޚިދުމަތް ޤާއިމް ނުކުރެވި އޮންނާނީ އެންމެ ހަތަރު އަތޮޅެވެ.
މި ލިޔުން ކިޔާލުމުން