ހއ. ދިއްދޫގައި ޢިމާރާތްކުރާ އިސްލާމީ މަރުކަޒުގެ 99 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން މިއަދު ބުނީ އެ ވުޒާރާގެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަންގެ ވަފުދު ހއ. ދިއްދޫގައި ޢިމާރާތްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލާފައިވާ ކަމަށާއި، އެ މަރުކަޒުގެ %99 ނިމިފައިވާ ކަމަށެވެ.
މި ވުޒާރާގެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަންގެ ވަފުދު ހއ. ދިއްދޫގައި ޢިމާރާތްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުން. މި މަރުކަޒުގެ 99% ވަނީ ނިމިފައި. ނިމޭނެކަމަށް ލަފާކުރެވެނީ 15 އޮކްޓޯބަރު 2025 ގައި. pic.twitter.com/fhoByVgbhH
— Ministry of Islamic Affairs (@MVIaffairs) September 1, 2025
އެ ވުޒާރާއިން ބުނީ މަރުކަޒު ނިމޭނެކަމަށް ލަފާކުރެވެނީ 15 އޮކްޓޫބަރު 2025 ގައި ކަމަށެވެ.
ރާއްޖޭގެ ތާރީޚުގައި އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ މިސްކިތް އިމާރާތްކުރެވިގެންދާނީ މި ހިނގާ 2025 ވަނަ އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
މިސްކިތްތަކުގެ އިތުރުން، އިސްލާމްދީނުގެ ދާއިރާއިން އެހެނިހެން މަޝްރޫޢުތައް ހިންގުމަށް 20 ރަށެއް ވަނީ ކަނޑައަޅާފައެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި އިސްލާމިކް ސެންޓަރުތައް އެޅުންވެސް ހިމެނެއެވެ.
މި ލިޔުން ކިޔާލުމުން