ތ ވަންދޫގައި ސަރުކާރުން އަޅާ މިސްކިތުގެ 60 އިން ސައްތަ ނިމިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އެމިނިސްޓްރީން އެކްސްގައި ހިއްސާކުރެއްވި މައުލޫމާތުގައި، މިނިސްޓްރީގެ ޓީމެއް ވަނީ މިސްކިތުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ. އެގޮތުން ތ. ވަންދޫގައި ސަރުކާރުން ޢިމާރާތްކުރާ މިސްކިތުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލިބެލުމުން މި މިސްކިތުގެ 60 އިންސައްތަ މަސައްކަތް ވަނީ ނިމިފައިކަމަށެވެ.
މި ވުޒާރާގެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަންގެ ވަފުދު ތ. ވަންދޫގައި ސަރުކާރުން ޢިމާރާތްކުރާ މިސްކިތުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުން. މި މިސްކިތުގެ 60% ވަނީ ނިމިފައި. މިއީ 300 މީހުންގެ ޖާގައިގެ މިސްކިތެއް. މިސްކިތް ނިމޭނެކަމަށް ލަފާކުރެވެނީ ފެބްރުއަރީ 2026 ގައި pic.twitter.com/Fs4fXUY6ds
— Ministry of Islamic Affairs (@MVIaffairs) September 1, 2025
މިއީ 300 މީހުންގެ ޖާގައިގެ މިސްކިތެއް. މިސްކިތް ނިމޭނެކަމަށް ލަފާކުރެވެނީ ފެބްރުއަރީ 2026 ގައި ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ލިޔުން ކިޔާލުމުން