Tuesday, November 3
ވަންދޫގައި އަޅާ މިސްކިތުގެ 60 އިން ސައްތަ ނިމިއްޖެ: މިނިސްޓްރީ
ތ ވަންދޫގައި ސަރުކާރުން އަޅާ މިސްކިތުގެ 60 އިން ސައްތަ ނިމިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. އެމިނިސްޓްރީން އެކްސްގައި ހިއްސާކުރެއްވި މައުލޫމާތުގައި، މިނިސްޓްރީގެ ޓީމެއް ވަނީ މިސްކިތުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ. އެގޮތުން ތ. ވަންދޫގައި ސަރުކާރުން ޢިމާރާތްކުރާ މިސްކިތުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލިބެލުމުން މި މިސްކިތުގެ 60 އިންސައްތަ މަސައްކަތް ވަނީ ނިމިފައިކަމަށެވެ. މިއީ 300 މީހުންގެ ޖާގައިގެ މިސްކިތެއް. މިސްކިތް ނިމޭނެކަމަށް ލަފާކުރެވެނީ ފެބްރުއަރީ 2026 ގައި ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
ކިޔުންތެރިންގެ ހިޔާލު