ޙިމާޔަތްކޮށްފައިވާ ކ. ތަނބުރުދޫ ސަރަޙައްދު ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފިއެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން، ޙިމާޔަތްކޮށްފައިވާ ކ. ތަނބުރުދޫ ސަރަޙައްދުގައި މި އަހަރުގެ ސެޕްޓެންބަރު މަހުގެ 4 އިން 11 އަށް "ފޯ ސީޒަންސް މޯލްޑިވްސް ސާރފިންގ ޗެމްޕިއަންޝިޕް ޓްރޮފީ 2025" ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެހެންކަމުން، މި މުއްދަތުގައި މި ސަރަޙައްދު އާންމުންނަށް ބަންދުކުރެވޭނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
އަދި މިކަމާ ގުޅޭއިތުރު މަޢުލޫމާތު ބޭނުންވާނަމަ [email protected] އަށް އީމެއިލް ކުރުމަށްވެސް އެ ވުޒާރާއިން ވަނީ އެދިފައެވެ.
މި ލިޔުން ކިޔާލުމުން