ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑިސީ) ގެ ބޯޑު މެންބަރުކަމަށާއި އަދި ޗެއަރޕާސަންގެ މަޤާމަށް، މ. އެމޭޒަން، މުޙައްމަދު ޝާމީ އާދަމް އައްޔަނުކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑު ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިކަން ހާމަކޮށްފައިވަނީ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް – އާރުޑިސީގެ ބޯޑު މެމްބަރުކަމަށާއި އަދި ޗެއަރޕާސަންގެ މަޤާމަށް، މ. އެމޭޒަން، އަލްފާޟިލް މުޙައްމަދު ޝާމީ އާދަމް ވަނީ އައްޔަނުކުރެވިފައެވެ. pic.twitter.com/Rjz5Bgz6iW
— Privatization & Corporatization Board (@pcb_gov) August 21, 2025
މީގެ ކުރިންވެސް އާރުޑީސީގެ ޗެއަރމަންގެ މަޤާމު އަދާކުރެއްވި ޝާމީ އެ މަޤާމުން ވަކިކުރީ މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުއެވެ. ނަމަވެސް އެއިރު އޭނާ މަޤާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމައެއް ނުކުރެއެވެ.
އޭނާ އެ މަޤާމަށް މިއަދު އަލުން ޢައްޔަންކުރެވުމާ ގުޅިގެން އާރުޑީސީން ވެސް ވަނީ މަރުޙަބާ ދަންނަވައިފައެވެ.
ޕީސީބީން ވަނީ މި ފަހުން އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރު އެޗްޑީސީ އަށް ބަދަލުކޮށް، އާރުޑީސީގެ އެމްޑީ އަކަށް އިބްރާހީމް ނަޡީމް ޢައްޔަންކޮށްފައެވެ.
މި ލިޔުން ކިޔާލުމުން