މިނިސްޓްރީ އޮފް ހެލްތާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އިން ރާއްޖޭގެ ފުރަތަމަ "ކުއާޓަލީ ވައިޓަލް ސްޓެޓިސްޓިކްސް ބުލެޓިން" ނެރެފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ އެ ބުލެޓިންނަކީ ރާއްޖޭގައި ވިހައިމަރުވާ ތަފާސްހިސާބު އެ އަހަރެއްގެ ތެރޭގައި އާއްމުކުރި ފުރަތަމަ ފަހަރު ކަމަށެވެ. އެ ބުލެޓިން އެކުލަވާލާފައިވަނީ މި އަހަރުގެ ފުރަތަމަ ތިން މަހުގެ ވިހައިމަރުވުމުގެ ތަފާސްހިސާބުގެ މައްޗަށެވެ.
އާޓަލީ ވައިޓަލް ސްޓެޓިސްޓިކްސް ބުލެޓިން ނެރުމަށް ސިއްޙީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ސިއްޙީ ވަޒީރު އަބުދުﷲ ނާޡިމް އިބްރާހީމެވެ.
The Ministry of Health, in collaboration with the Maldives Bureau of Statistics, has released the first Quarterly Vital Statistics Bulletin 2025. This is a major step towards providing timely, relevant, and impactful data to shape health policy and planning in the Maldives. pic.twitter.com/voB36ghhRz
— Ministry of Health (@MoHmv) August 21, 2025
އެ ބުލެޓިންގައި ހިމެނޭ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަހު ޖުމްލަ 1،435 ކުދިން ވިހާފައިވާއިރު މީގެ ތެރެއިން 1,427 ކުދިންނަކީ އުފަންވީއިރު ދިރިހުރި ކުދިންނެވެ. އޭގެ ތެރޭގައި ހިމެނެނީ 697 އަންހެން ކުދިންނާއި 730 ފިރިހެން ކުދިންނެވެ.
އެ ތަފާސްހިސާބުގައިވަނީ، އަންހެނުން ދަރިން ހޯދާ އުމުރު މަތިވެފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން އަހަރުގެ ފުރަތަމަ ތިން މަހު ދަރިން ހޯދި އަންހެނުންގެ ތެރެއިން އެންމެ ގިނައީ 30 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެނުންނެވެ. އެއީ 444 މީހުންނެވެ.
އެ މުއްދަތުގައި ދަރިން ލިބުނު އެހެން އުމުރުފުރާތަކަށް ބަލާއިރު:
- އުމުރުން 35 އަހަރާއި 39 އަހަރުގެ 296 އަންހެނުން
- އުމުރުން 25 އަހަރާއި 29 އަހަރުގެ 394 އަންހެނުން
- އުމުރުން 20 އަހަރާއި 24 އަހަރާ ދެމެދުގެ 205 އަންހެނުން
- އުމުރުން 40 އަހަރާއި 44 އަހަރުގެ 68 އަންހެނުން
- އުމުރުން 18 އަހަރާއި 19 އަހަރުގެ 13 އަންހެނުން
- އުމުރުން 45 އަހަރާއި 49 އަހަރުގެ ހަތަރު އަންހެނުން
މި ތަފާސްހިސާބުތަކުގެ އަލީގައި ސިއްޙީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މުހިއްމު ސިޔާސަތުތަކާއި ސްޓްރެޓެޖީތައް ކަނޑައެޅުމަށް މަގުފަހި ވެގެންދާނެއެވެ. އަދި ސިއްޙީ ޕްރޮގްރާމްތައް ރޭވުމަށާއި ސިއްޙީ ކަންކަން ރަނގަޅު ކުރުމަށް އެޅޭނެ ފިޔަވަޅުތައް ހަރުދަނާކުރުމަށްވެސް އެހީތެރިކަން ލިބިގެންދާނެއެވެ.
މި ބްލެޓިންގެ އެހީގައި ޅަފަތުގައި ކުދިން މަރުވާ މިންވަރާއި ވެހެއުމުގެ ތެރޭގައި މައިން މަރުވާ މިންވަރާއި އުފަންވާއިރު ދިރިހުންނާނެކަމަށް ލަފާކުރާ އެވްރެޖް އުމުރުފަދަ އާބާދީއާ ގުޅުން ހުރި މުހިއްމު ތަފާސްހިސާބުތައް ލިބިގެންދާނެއެވެ. މީގެ އިތުރުން މިފަދަ މަޢުލޫމާތުތަކުގެ އެހީގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ރާއްޖެއިން ހާސިލްކުރަމުންދާ މިންވަރު ދެނެގަތުމަށް ފަސޭހަވާނެއެވެ.
މި ލިޔުން ކިޔާލުމުން