ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދުގެ ތެރޭގައި ގާނޫނާ ޚިލާފަށް ހަރަކާތްތެރިވި ކަމަށް ބެލެވޭ ބޭރުގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފުން ބުނީ ސްރީ ލަންކާއަށް ނިސްބަތްވާ 6 މީހުން ތިބި މި ބޯޓު ފެނިފައިވަނީ ކ.ދިއްފުށްޓާ ދިމާ އިރުމަތިން ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދުން ކަމަށާއި، މަސްބޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
މި މަސްބޯޓާ މެދު ގާނޫނުގައި ވާ ގޮތުގެ މަތިން ޢަމަލުކުރުމަށް ޓަކައި، މަސްބޯޓު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ.
މި ލިޔުން ކިޔާލުމުން