ގއ. ވިލިނގިލިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމާއި، ގުޅިގެން ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ވަގުތީ ލިސްޓް ޢާންމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
ވިލިނގިލީ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ވިލިނގިލިން ބަންޑާރަ ގޯތި ދޫކުރުމަށް 2024 ޑިސެންބަރު 31 ވަނަ ދުވަހު ކުރެވުނު އިޢުލާނާ ގުޅިގެން ފޯމް ހުށަހެޅި ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
އަދި ގއ. ވިލިނގިލީގައި ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއި ބެހޭ އުޞޫލާ އެއްގޮތަށް ގޯތި ލިބޭ ފަރާތުގެ ތެރެއިން އެއްވެސް ފަރާތެއްގެ ނަން އުނިވެއްޖެނަމަ ނުވަތަ ފޯމް ބާޠިލް ކުރަން ޖެހިއްޖެނަމަ އެފަރާތެއްގެ ނަން ވަގުތީ ލިސްޓުން އުނިކުރުމަށްފަހު އަލުން ލިސްޓް ތަރުތީބުކުރެވޭނެ ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.
ވީމާ، އާންމުކޮށްފައިވާ ލިސްޓާމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، އޯގަސްޓް 31 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމުން ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.
ކައުންސިލުން ބުނީ ޝަކުވާ ހުށަހަޅާނީ ރަސްމީ ގަޑީގައި އެ އިދާރާގެ ރިސެޕްޝަނަށް ނުވަތަ އީމެއިލް މެދެވެރިކޮށް ކަމަށެވެ.
މި ލިޔުން ކިޔާލުމުން