ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަން އިޢުލާންކޮށްފިއެވެ.
މިގޮތުން ފުލުހުން ހޯދަމުންދަނީ ހ. ގާރޑްންބިޔުޓީ / މާލެ، އަޙްމަދު ނައުފަލް (29އ) އެވެ.
ފުލުހުން ބުނީ އަޙްމަދު ނައުފަލް ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2025 އޮގަސްޓް 18 ވަނަ ދުވަހުގެ 09:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.
ފުލުހުން ވަނީ އަޙްމަދު ނައުފަލްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައެވެ.
އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު ދަންނަވައިފައެވެ.
މި ލިޔުން ކިޔާލުމުން