މިދިޔަ ސަރުކާރުގައި އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެޅި 4،000 ފުލެޓުގެ ތެރެއިން ފުރަތަމަ ދޫކުރާ ފުލެޓުތައް ދިނުމަށް 1200 އަށް ވުރެ ގިނަ ފްލެޓް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
އެފްޑީސީން ބުނީ މިހާތަނަށް 1202 މީހުންނާއެކު ސޮއިކުރެވުމަކީ ހާސިލްކުރެވުނު މުހިންމު ކަމެއް ކަމަށެވެ.އަދިމިހާތަނަށް 1530 މީހުންނާއި އެކު ސޮއި ކުރުމަށް ނިންމާފައިވާ ކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިކޯޕަރޭޝަނުން ތަރައްޤީކުރި 4,000 ސޯޝަލް ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ 1000 އަށް ވުރެ ގިނަ
އެއްބަސްވުންތަކުގައި ސޮއިކުރެވިއްޖެ!މިއީ މިކޯޕަރޭޝަނަށް ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް#fahidhiriulhun #amaanmujthauakah #emmengehihsaa pic.twitter.com/wGmGZQC7Pa
— Fahi Dhiriulhun Corporation Limited (@Fdc_mv) August 15, 2025
މި ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 21ވަނަ ދުވަހެވެ.
މި ލިޔުން ކިޔާލުމުން