ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
އިންޑިއާގެ މިނިވަން ދުވަހާ ގުޅިގެން ނައިބު ރައީސް ތަހުނިޔާ ފޮނުއްވާފައިވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
On the occasion of the Independence Day of India, I express my warmest wishes to the Government and the friendly people of India.
The Maldives stands with India as it celebrates its remarkable journey of gaining independence, steady progress and cultivating its very own…
— Hussain Mohamed Latheef (@HucenSembe) August 15, 2025
މިގޮތުން ނައިބު ރައީސް ވިދާޅުވީ މިނިވަންކަމާއި ކެރިއެރުމާއި އަމިއްލަވަންތަކަން އާލާކުރުމުގެ ދަތުރު އިންޑިއާއިން މިއަދު ފާހަގަކުރަމުންދާއިރު، ރާއްޖެއިން ދެމިއޮތީ އިންޑިއާއާއެކު ކަމަށެވެ.
އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް އިންޑިއާއާއެކު އޮންނަ ގުޅުން ކުރިއަރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން