އިންޑިއާއަކީ އަބަދުވެސް ތަރައްގީގައި ދިވެހިރާއްޖެއަށް އިތުބާރުކުރެވޭ ބައިވެރިއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގެ ރައީސާއި ބޮޑުވަޒީރަށް އެ ގައުމުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޕޯސްޓެއްގައެވެ.
"އިންޑިއާއަކީ އަބަދު ވެސް ތަރައްގީގައި ރާއްޖެއަށް އިތުބާރުކުރެވޭ ބައިވެރިއެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.
I extend my heartfelt greetings to Her Excellency President Droupadi Murmu @rashtraptibhvn, His Excellency Prime Minister Narendra Modi @narendramodi, the government, and the friendly people of India on their Independence Day.
May the festivities of this day echo the spirit and… pic.twitter.com/Eh4CznwOg6
— Dr Mohamed Muizzu (@MMuizzu) August 15, 2025
ރައީސް ވިދާޅުވީ، ދެ ގައުމުގެ ރައްޔިތުންގެ ގުޅުމާއި ތަރައްގީގެ މަޝްރޫއުތަކުން ދެ ގައުމުގެ ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ ކަމަށެވެ. އެ ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މިއަދަކީ އިންޑިއާގެ 79 ވަނަ މިނިވަން ދުވަހެވެ.
މި ލިޔުން ކިޔާލުމުން