މީގެ ގާތްގަނޑަކަށް ހަ އަހަރު ކުރިން ފުލުހުން ހިފެހެއްޓި ފައިސާތަކެއްގެ ތެރެއިން 30،000 ޑޮލަރު ގެއްލުނު މައްސަލަ ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ 15 ސެޕްޓެންބަރު 2019 ގައި ފުލުހުންނަށް ހުށަހެޅުނު މައްސަލައެއްގައި ސީޒް ކުރެވުނު ފައިސާއާ ބެހޭގޮތުން ފާހަގަކުރެވުނު ޖުމުލަ ހިސާބުގައި ފަރަގެއް އުޅޭ މައްސަލައެއް ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ތަޙުޤީޤުކުރަމުންދާ ކަމަށެވެ.
ފުލުހުން ބުނީ މިކަން ފާހަގަކުރެވިފައި ވަނީ މި އޮގަސްޓު މަހުގެ 13 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ. މިގޮތުން ފުލުހުން ބުނީ 30،000 ޑޮލަރުގެ ފަރަގެއް ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި ހަލާކުވެފައިވާ ފައިސާވެސް ފައިސާ ބެހެއްޓިފައިވާ ތަނުން، ކޮތަޅެއްގެ ތެރެއިން ފެނިފައިވާތީ، އެކަން ފޮރެންސިކް މެދުވެރިކޮށް ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި ލިޔުން ކިޔާލުމުން