މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނުގައި އަލަށް ޤާއިމްކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވައިދެއްވައިފިއެވެ.
މިއީ އޭޓީއެމް މަޝްރޫޢުގެ ދަށުން މިޚިދުމަތް މިއަހަރު ޤާއިމްކުރި 46 ވަނަ ރަށެވެ.
We’re expanding banking services to our communities, and today, we’re opening a new Self Service Banking ATM in B. Dhonfanu, making essential banking services accessible. ☀️ pic.twitter.com/qQvkHHnlMS
— Bank of Maldives (@bankofmaldives) August 13, 2025
މި ރަސްމިއްޔާތުގައި ރައީސް ވަނީ އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވައި ފައިސާ ނަންގަވާފައެވެ. އަދި ބޭންކުން ވަނީ ކައުންސިލަސް ޚާއްސަ ފިލައެއް އަރުއްވަފައެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. ރައީސްގެ ވަޢުދާ އެއްގޮތަށް މި އަހަރުގެ ތެރޭގައި 100 ރަށެއްގައި މުޅިން އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބީއެމްއެލްއިން ވަނީ ފަށާފައެވެ.
މި ލިޔުން ކިޔާލުމުން