ބ.ތުޅާދޫގައ ތަރައްގީކުރާ އެއާޕޯޓުގެ މަސައްކަތަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު 570 މިލިއަން ރުފިޔާއަށް އެެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޖަމްޝީދެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓު މިނިސްޓަރ ހަސަަން ރަޝީދެވެ.
އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރީ ތުޅާދޫގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމަށް ބޭނުންވާ ބިން ތަރައްގީކުރުމަށް 2023 ވަނަ އަހަރު ގާއިމުކުރި އެއްބަސްވުން ބާތިލުކުރުމަށްފަހުއެވެ. މިއީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު އެކުލަވައިލައްވާފައިވާ ސިޔާސަތުގެ ދަށުން ހިންގާ މަޝްރޫއެކެވެ.
ތުޅާދޫގައި ގާއިމުކުރާ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 570,260,350.80 (ފަސްސަތޭކަ ހަަތްދިހަ މިލިއަން ދެލައްކަ ފަސްދޮޅަސްހާސް ތިންސަތޭކަ ފަންސާސް) ރުފިޔާއަށެވެ. އަދި 660 ދުވަހުގެ ތެރޭގައި މަޝްރޫއުގެ މަސައްކަަތް ނިންމަންޖެހޭ ގޮތަށެވެ.
ބ. ތުޅާދޫގައި ޤާއިމުކުރެވިގެންދާނެ އެއަރޕޯޓަކީ 1800 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭ އަކާއެކު ކޯޑް 3C އަށް ޤާއިމުކުރެވޭ އެއަރޕޯޓެކެވެ.
މި ލިޔުން ކިޔާލުމުން