ތެލަސީމިއާ ސެންޓަރުގައި މިހާރު ސްޓެލްކޯ ކަރަންޓް އެބަހުރި ކަމަށާއި ލޭއެޅުން މެދުކަނޑާފައި ނުވާކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބުދުއް ރައްޒާޤް ހަލީމް ވިދާޅުވެއްޖެއެވެ.
ހަލީމް ވިދާޅުވީ އަދި ކަރަންޓް ކެނޑުމުން ވަގުތުން ބެކްއަޕް ކަރަންޓްވެސް ފޯރުކޮށްދެވުނު ކަމަށާއި ލޭއެޅުން މެދުކަނޑާލާފައެއްނުވާކަމަށެވެ.
''ކަރަންޓް ކެނޑުނު ވަގުތު ކްރޮސްމެޗް ހެދުން 5 ވަރަކަށް މިނިޓު މަޑުކޮށްލަންޖެހުނު. ރައްކާކޮށްފައިހުރި ލޭ އެއްވެސް ވަރަކަށް ކޮމްޕްރޮމައިޒް ނުވޭ'' ހަލީމް ސޯޝަލް މީޑިއާގައި ވިދާޅުވިއެވެ.
ތެލަސީމިއާ ސެންޓަރުގައި މިހާރު ސްޓެލްކޯ ކަރަންޓް އެބަހުރި. އަދި ކަރަންޓް ކެނޑުމުން ވަގުތުން ބެކްއަޕް ކަރަންޓްވެސް ފޯރުކޮށްދެވުނު. ލޭއެޅުން މެދުކަނޑާލާފައެއްނުވޭ. ކަރަންޓް ކެނޑުނު ވަގުތު ކްރޮސްމެޗް ހެދުން 5 ވަރަކަށް މިނިޓު މަޑުކޮށްލަންޖެހުނު. ރައްކާކޮށްފައިހުރި ލޭ އެއްވެސް…
— Haleem (@22halex) August 9, 2025
ހަލީމް ވަނީ ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެދޭގޮތަށް ތެދުނޫން މަޢުލޫމާތު ފެތުރުން ހުއްޓާލެއްވުމަށް އިލްތިމާސްކޮށްފައެވެ.
މިއަދު ހެނދުނު މާލެ އަދި ހުޅުމާލެއިން ވަނީ ކަރަންޓް ކެނޑިފައެވެ.
މި ލިޔުން ކިޔާލުމުން