ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ހއ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.
އިއްޔެ ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ހއ. އަތޮޅުގެ ރަށްރަށުގައި ކުރުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ހއ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފި. މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި ހއ. އަތޮޅުގެ ރަށްރަށުގައި ކުރުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު. މީގެ އިތުރުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމާ ބެހޭގޮތުން ފުޅާ… pic.twitter.com/1H746lqTmm
— Ministry of Cities, Local Government, Public Works (@MoCLPmv) August 7, 2025
މީގެ އިތުރުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމާ ބެހޭގޮތުން މި ބައްދަލުކުރެއްވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ކައުންސިލްތަކާއެކު ބާއްވާ ގާތް ގުޅުން ފާހަގަކުރައްވައި، މި ބައްދަލުކުރެއްވުމުގައި ހއ. އަތޮޅު ކައުންސިލް މެމްބަރުން ވަނީ އެ ވުޒާރާގެ މުވައްޒަފުންނާއި ވަޒީރު އާދަމް ޝަރީފަށް ޝުކުރު އަދާކުރައްވައިފައެވެ.
މި ލިޔުން ކިޔާލުމުން