ހުޅުމާލޭ ހޮސްޕިޓަލުގެ މެޑިކަލް އިންޓަރންޝިޕް ފަށައިފިއެވެ.
ޑޮކްޓަރުކަން ކިޔަވާ ދަރިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނުވަތަ މެޑިކަލް އިންޓާންޝިޕް އެހޮސްޕިޓަލުގައި ފެށުމުގެ ގޮތުން މިއަދު ވަނީ އެ ހޮސްޕިޓަލްގައި އޮރިއެންޓޭޝަން ޕްރޮގްރާމެއް ބާއްވާފައެވެ.
We have started the orientation for our first batch of medical interns. We extend our sincere appreciation to IGMH’s NHA Team for planning and leading the program@igmhmv @MoHmv pic.twitter.com/v6i96TAYWe
— Hulhumalé Hospital (@HMH_mv) August 4, 2025
ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް ޑޮކްޓަރުކަމުގެ ފާސް ލިބެނީ އިންޓަރންޝިޕް ޕްރޮގްރާމް ފުރިހަމަ ކުރުމުންނެވެ.
މާލެ ސަރަހައްދުން އައިޖީއެމްއެޗާއި އޭޑީކޭ އަދި ހުޅުމާލޭ ހޮސްޕިޓަލުގައި މެޑިކަލް އިންޓާންޝިޕް ފަށާފައިވާއިރު، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި މި ޕްރޮގްރާމް މިދިޔަ މަހު ވަނީ ފަށައިފައެވެ.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި ފެށި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމަކީ އަތޮޅު ތެރޭގައި ފެށި މިކަހަލަ ފުރަތަމަ ޕްރޮގްރާމެވެ.
މި ލިޔުން ކިޔާލުމުން