މ.ކޮޅުފުށީ ވަދު ކަނދުފަތި ގާއިމްކޮށްފިއެވެ.
މިކަނދުފަތި ގާއިމްކުރީ މ.ދިއްތުނޑީގެ އިރު ދެކުނުން 7 މޭލު ބޭރުގައި ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ.
ވަދު ކަނދުފަތި ނަންބަރަކީ: K09V03އެވެ.
ވަދު ކަނދުފަތި ނަންބަރު: K09V03
04 އޯގަސްޓް 2025 ވަނަ ދުވަހު މ.ކޮޅުފުށީ ވަދު ކަނދުފަތި، މ.ދިއްތުނޑީގެ އިރު ދެކުނުން 7 މޭލު ބޭރުގައި ޤާއިމްކޮށްފި. pic.twitter.com/PZk1vU6p2v— Ministry of Fisheries and Ocean Resources (@MFORmv) August 4, 2025
މި ވަދު ކަނދުފަތި ޤާއިމްކުރުމުގެ މަޤްޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުމެވެ. މި ވަދު ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ފަސޭހަވާނެއެވެ.
ވަދު ކަނދުފަތި ޤާއިމްކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރެވެމުން ގެންދާ މުހިންމު މަސައްކަތެކެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ވަދު ކަނދުފަތިތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރުމަށް މަސައްކަތް ކުރެވެމުންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ލިޔުން ކިޔާލުމުން