ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހަންޖަހަން މުއްދަތެއް ދީފިއެވެ.
އެގޮތުން ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމަށް ޤާނޫނު ނަންބަރ 2010/15 "ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނު" އަދި އެ ޤާނޫނުގެ ދަށުން ޢާއްމު ކޮށްފައިވާ "ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާއްމު ގަވާއިދު" (ނަންބަރު:2025/R-21) ގެ ފަސްވަނަބާބު ބަޔާންކުރާގޮތުގައި ރާއްޖެ އެތެރެކުރާ ދުންފަތުގެ ބާވަތްތަކާއި ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވަތްތައް ހިމެނޭ އުފެއްދުންތައް ހުންނަންވާނެ ގޮތްތަކެއް ވަނީ ކަނޑައަޅާފައެވެ.
ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ "ޑިޒައިން އެންޑް ލޭއައުޓް ރިކުއަރމަންޓްސް ފޮރ ހެލްތު ވޯރނިންގ"ގެ ފުރަތަމަ އިޞްލާޙް 2025 ޖުލައި 29 ވަނަ ދުވަހު ވަނީ ގެޒެޓް ކޮށްފައެވެ.
މިއުޞޫލަށް އިތުރު ކުރެވުނު ބައިތަކުގެ ތެރޭގައި ހީޓެޓް ޓޮބޭކޯ ޕްރޮޑަކްޓްސް އާއި ނިކޮޓީން ޕައުޗު ހިމެނެއެވެ. އަދި މީގެ އިތުރުން ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެ އެތެރެކުރެވޭނީ ޞިއްޙަތުގެ އިންޒާރު ސީދާ ޕެކޭޖް ގެ ބޭރަށް ޗާޕުކޮށްގެންނެވެ. މިގޮތަށް ޢަމަލު ކުރަން ފަށާ ތާރީޚަކީ 2026 ޖަނަވަރީ 28 ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.
ވީމާ، ދެންނެވިފައިވާ ތާރީޚަށްފަހުގައި މި އުޞޫލުގައިވާ ގޮތް ނޫން ގޮތަކަށް ޕެކްޓްކޮށް ލޭބަލް ކޮށްފައިވާ ނަމަ ޤާނޫނާއި ޤަވާޢިދުގެ މަތީން ޢަމަލު ކުރެވޭނެ ވާހަކަ ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
މި ލިޔުން ކިޔާލުމުން