ރ. އުނގޫފާރުން މިހާތަނަށް 346 ޕާސްޕޯޓު ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި އަހަރުގެ ޖަނަވަރީ މަހު އުނގޫފާރުން ޕާސްޕޯޓު ދޫކުރަން ފަށާފައިވާއިރު، މިހާތަނަށް އެރަށުން 346 ޕާސްޕޯޓު ދޫކޮށްފައިވާ ކަމަށާއި، މި ޚިދުމަތް ކޮންމެ ހަފްތާއެއްގައި ވެސް ފޯރުކޮށްދެމުންދާ ކަމަށެވެ.
މި އަހަރުގެ ޖެނުއަރީ މަހު ރ.އުނގޫފާރުން ޕާސްޕޯޓު ދޫކުރަން ފަށާފައިވާއިރު، މިހާތަނަށް އެރަށުން 346 ޕާސްޕޯޓު ދޫކޮށްފައިވޭ. އަދި މި ޚިދުމަތް ކޮންމެ ހަފްތާއެއްގައި ވެސް ދަނީ ފޯރުކޮށްދެމުން. "އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓުތައް، ރ. އަތޮޅުން ނަގަން ބޭނުންވާ… pic.twitter.com/fQfjw8Ifr6
— Maldives Immigration (@ImmigrationMV) July 30, 2025
އިމިގްރޭޝަނުން ބުނީ "އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓުތައް، ރ. އަތޮޅުން ނަގަން ބޭނުންވާ ފަރާތްތަކުން ކަލެކްޝަން ޕޮއިންޓެއްގެ ގޮތުގައި ރ. އުނގޫފާރު ޚިޔާރުކުރެއްވޭނެ ކަމަށެވެ.
އުނގޫފާރުގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް އިފްތިތާޙްކުރީ މިދިޔަ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހުއެވެ.
މި ދެ ހިދުމަތް އެރަށުގައި އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގައި ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު، އަލީ އިހުސާނެވެ.
މި ލިޔުން ކިޔާލުމުން