ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ ޙަސަން ސޯބިރު، 74އ، މިއަދު އަވަހާރަވެއްޖެއެވެ.
އޭނާއަށް ވަނީ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ޝަރަފު ވެސް އިއްޔެ އަރުވައިފައެވެ.
ސޯބިރު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ކުރައްވާތާ ގިނަ ދުވަސްތަކެއްވީ ފަހުން މިއަދު ހެނދުނު 7:31 އެހާކަންހާއިރު ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.
ސޯބިރަކީ ރާއްޖޭން އެކި ޤައުމުތަކަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ ޚާރިޖީ ގުޅުންތައް ވަރުގަދަކުރެއްވުމަށް ވަރަށް ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރެއްވި ޑިޕްލޮމެޓެކެވެ.
މި ލިޔުން ކިޔާލުމުން