މ. މުލީގައި މަސްވެރިކަމަށް ނިކުމެ އުޅުނު މީހެއްގެ ހާލު ގޯސްވެގެން ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 08:51 ހާއިރު، މ. މުލަކު ބޮޔަށް މަސްވެރިކަމަށް ނުކުމެ އުޅުނު "ފަރުމާ" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި މީހެއްގެ ސިއްހީ ހާލަތު ކުއްލިއަކަށް ގޯސްވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން، މ. މުލީ ޕޮލިސް ސްޓޭޝަނުގެ ފުލުހުންނާއި މ. މުލީ ރީޖަނަލް ހޮސްޕިޓަލްގެ މެޑިކަލް ޓީމެއް އެ ސަރަހައްދަށް ގޮސް، އެ ޓީމުން ބަލިމީހާގެ ސިއްހީ ހާލަތު ވަޒަންކުރުމަށްފަހު، އިތުރު ފަރުވާ ދިނުމަށްޓަކައި މ. މުއްޔަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އެ މީހާގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައި ވެއެވެ.
މި ލިޔުން ކިޔާލުމުން