ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމުގައި ދިވެހި އަސްކަރިއްޔާއިން އެންމެ ތަންފުކެއްވެސް ފަހަތަށް ނުޖެހޭނެކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ.
ޗީފް އޮފް ޑިފެންސް ފޯސް މިހެން ވިދާޅުވީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދިވެހި ސިފައިންނާއި ފުލުހުންނާ ބައްދަލުކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ދިމާކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ސަލާމަތީ ބާރުތަކާއި ބައްދަލުކުރައްވާފައެވެ. މިއީ ދިވެހި ތާރީހުގައި ފުރަތަމަފަހަރަށް މިނިވަން ދުވަހު ސިފައިންނާއި ފުލުހުންނާ ރައިސުލްޖުމުހޫރިއްޔާ ބައްދަލުކުރެއްވި ފުރަތަމަފަހަރެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވީ، ރާއްޖެއަކީ މިނިވަން ފަޚުރުވެރި ތާރީޚެއް އޮތް ޤައުމެއްކަމަށާއި 4500 އަށްވުރެ ދޮށީ ތާރީޚު ދިވެހީން ހޭދަކޮށްފައިވަނީ މިނިވަންކަންމަތީކަން ކަމަށެވެ. އަދި މިއީ ދުނިޔޭގެ މަދު ޤައުމަކަށް ލިބިފައިވާ ޝަރަފެއްކަމަށް ވިދާޅުވިއެވެ.
މިނިވަން ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތީ ދިވެހީންގެ ކާބަފައިން ވެވަޑައިގަތް މަތިވެރި ޤުރުބާނީގެ ސަބަބުންކަމަށާއި، މިޤުރުބާނީގެ މައި ތަނބަކީ ދިވެހި އަސްކަރިއްޔާގެ ބަދަހި ލަޝްކަރުތައްކަމަށް ޗީފް ވިދާޅުވިއެވެ. އަދި މިކަން މިގޮތުގައި ދިވެހި އަސްކަރިއްޔާއިން ދަމަހައްޓަވާނެކަމަށް ކަމުގެ ޔަޤީންކަން ދިވެހިރައްޔިތުންނަށް ދެއްވިއެވެ.
ޗީފް އޮފް ޑިފެންސް ފޯސްވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އަހަންމިއްޔަތުކަމުގެ ދަށުން އަސްކަރިއްޔާ ހަރުދަނާކުރެއްވުމަށް ކުރައްވަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން