ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް، ކޮލޮމްބިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ރޯސަ ޔޮލާންޑަ ވިލަވިސެންސިއޯ އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
ވަޒީރުގެ މެސެޖުގައި ވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އެމަނިކުފާނުގެ އަމިއްލަ ނަމުގައި ވަޒީރު ރޯސަ ޔޮލާންޑަ ވިލަވިސެންސިއޯ އަށާއި، ކޮލޮމްބިއާ ސަރުކާރަށް އަދި އެންމެހާ ރައްޔިތުންނަށް ކޮލޮމްބިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފައެވެ.
މީގެ އިތުރުން ވަޒީރު ވަނީ ދިވެހިރާއްޖެ އާއި ކޮލޮމްބިއާ އާ ދެމެދު އޮންނަ ގާތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ހަރުދަނާވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވެފައެވެ.
"އަޅުގަނޑު ކަމަނާއަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އަރުވަން"، ވަޒީރުގެ މެސެޖުގައި ވެއެވެ.
މި ލިޔުން ކިޔާލުމުން