މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހިމް، ޓާޓާ ހައުސިންގ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ، މިސްޓަރ ސަންޖޭދަތު އަދި އެ ކުންފުނީގެ އިސް މެނޭޖްމަންޓް ޓީމާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖޭގައި އެ ކުންފުނިން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުން އޮތީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގައެވެ.
Minister @Thoriqibrahim met with Mr. Sanjay Dutt, MD & CEO of TATA Housing, along with the senior management team.
The meeting focused on the status of ongoing projects in Maldives. pic.twitter.com/1UXmSiP0bd
— Ministry of Tourism and Environment (@MoTmv) July 7, 2025
ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ޓާޓާ ހައުސިންގއިން ދިވެހިރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތަކުގެ ކުރިއެރުމާއި، އެ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށް ގެންދެވޭނެ ގޮތްތަކާއި، ދިމާވާނެ އެއްވެސް ދަތިތަކެއް ހުރިނަމަ އެކަންކަން ހައްލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުން ކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ.
ޓާޓާ ކުންފުނިން ރާއްޖޭގައި ވަރަށްގިނަ ހައުސިން ޕްރޮޖެކްޓްތައް ހިންގައެވެ.
މި ލިޔުން ކިޔާލުމުން