''ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކުރުން: ޕްރޮކިއުމެންޓް، ރެކްރޫޓްމަންޓް އަދި ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ"ގެ ނަމުގައި އޭސީސީން ހެދި ދިރާރާސާގެ ރިޕޯޓް ނެރެފިއެވެ.
މިދިރާސާގެ މަޤުޞަދަކީ ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއުމަންޓާއި ރެކްރޫޓްމަންޓާއި ސީއެސްއާރުގެ ހަރަކާތްތައް ހިނގަމުންދާ ގޮތް ބަލައި މި ކަންކަމުގައި ކޮރަޕްޝަނަށް މަގުފަހިވާ ހިރާސްތައް ދެނެގަނެ، އިސްލާހުކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް، އެކަންކަން އިސްލާހުކުރުމަށް އިރުޝާދާއި ލަފާ ދިނުންކަމަށް އޭސީސީން މައުލޫމާތުދެއެވެ.
"ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކުރުން: ޕްރޮކިއުމަންޓް، ރެކްރޫޓްމަންޓް އަދި ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ" ދިރާސާ
ދިރާސާ ކިއުމަށް: https://t.co/p5r8e81bQG pic.twitter.com/dskNyoM2mw
— ACC-MALDIVES (@ACC_Maldives) July 3, 2025
ދިރާސާއިން ހާމަވިގޮތުގައި އެއްގޮތް އުސޫލުތަކެއް ނެތުމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އޮތް ހުރަހެކެވެ. ކޮންމެ ކުންފުންޏަކުންވެސް ޢަމަލުކުރަމުންދަނީ އެ ކުންފުންޏެއްގެ އަމިއްލަ އުސޫލުތަކަކަށްކަމަށާއި އެ އުޞޫލުތަކުގައި ކޮރަޕްޝަނުގެ ހިރާސް ބޮޑު ގޮތްތަކެއް ހުރިކަން ފާހަގަކުރެވޭކަމަށް މިދިރާސާގައިވެއެވެ.
އޭސީސީގެ ދިރާސާގައި ބުނެފައިވަނީ މިފަދަ އުޞޫލުތަކެއް ކަނޑައެޅިފައިވަނީ ހުރިހާ ކުންފުންޏަކުންވެސް ޢަމަލުކުރަންޖެހޭ އެއްގޮތް ހަމަތަކެއް ނެތުމާއި އެސްއޯއީތަކުން ޢަމަލުކުރަމުންދާ ގޮތް މޮނިޓަރކުރެވޭނެ ގޮތެއް ނެތުމުން ކަމަށެވެ. އެހެންކަމުން ކޮރަޕްޝަނަށް މަގުފަހިނުވާނެ ގޮތަށް ޕްރޮކިއުމަންޓް، ރެކްރޫޓްމަންޓް އަދި ސީއެސްއާރްގެ ހަރަކާތްތަކާ ބެހޭ ހަރުދަނާ ޤާނޫނީ އަދި ރެގިއުލޭޓަރީ އޮނިގަނޑަކާއި އުސޫލުތަކެއް ބޭނުންވާކަން ދިރާސާގައި ފާހަގަކޮށްފައިވެއެވެ.
މި ލިޔުން ކިޔާލުމުން