ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަބްދުﷲ ޚަލީލް، ބެލަރޫސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު މަކްސިމް ރައިޒެންކޯވް އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
ވަޒީރު ޑރ. ޚަލީލްގެ މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ބެލަރޫސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ވަޒީރު މަކްސިމް ރައިޒެންކޯވް އަށާއި ބެލަރޫސްގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ދަންނަވާފައިވެއެވެ.
އަދި ބެލަރޫސްގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދި، ވަޒީރު މަކްސިމް ރައިޒެންކޯވް އަށް ހެޔޮ އެދުންތައް އަރިސްކުރައްވާފައިވެއެވެ.
"އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީން"، ވަޒީރުގެ މެސެޖުގައި ވެއެވެ.
މި ލިޔުން ކިޔާލުމުން