ހިޔާ ފުލެޓުގެ ބައެއް ޓަވަރުތަކުން މިރޭ ފެނުގެ ޚިދުމަތް މެދުކެނޑޭނެ ކަމުގައި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ.
އެމްޑަބްލިޔުއެސްސީން ނެރުނު ނޯޓިސްގައި ބުނެފައިވަނީ ހިޔާ ފުލެޓު 6، 8، 10 އަދި 13 ގެ މީޓަރ ރޫމްގައި މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށްޓަކައި ޖުލައި 4 ވާ ހުކުރު ވިލޭރޭ (މިރޭ)، އެ ޓަވަރުތަކުން ފެނުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށެވެ.
Due to a planned maintenance work at meter rooms in Hiyaa Flats mentioned below, there will be a service interruption on 4th July 2025 (tonight).
Hiyaa Flat 6 ( floors 8 to 16 ) - 00:00 Hrs to 01:00 Hrs
Hiyaa Flat 8 ( floors G to 8 ) - 01:00 Hrs to 02:00 Hrs
Hiyaa Flat 10 (… pic.twitter.com/apJ7IGTN2N— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) July 3, 2025
މިގޮތުން ހިޔާ ފުލެޓު 6 ގެ 8 ވަނަ ފަންގިފިލާއިން 16 ވަނަ ފަންގިފިލާއާ ދެމެދުގެ ފުލެޓުތަކުން މިރޭ 00:00 އިން 01:00 އަށް ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވާއިރު، 8 ވަނަ ޓަވަރުގެ ގްރައުންޑް ފްލޯއިން ފެށިގެން 8 ވަނަ ފަންގިފިލާއާ ދެމެދުން ފެނުގެ ޚިދުމަތް މެދުކެނޑޭނީ 01:00 އިން 02:00 އަށެވެ.
މީގެ އިތުރުން 10 ވަނަ ޓަވަރުގެ ގްރައުންޑް ފްލޯއިން 8 ވަނަ ފަންގިފިލާއާ ހަމައަށް މިރޭ 02:00 އިން 03:00 އަށް ކަރަންޓު ކެނޑޭނެ ކަމަށާއި، 13 ވަނަ ފުލެޓުގެ 16 ވަނަ ފަންގިފިލާއިން ފެށިގެން 24 ވަނަ ފަންގިފިލާއާ ދެމެދުގެ ފުލެޓުތަކުން 03:00 އިން 04:00 އަށް ފެނުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށްވެސް އެމްޑަބްލިޔުއެސްސީން ވަނީ ބުނެފައެވެ.
އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މަޢާފަށް ވެސް އެދިފައެވެ.
މި ލިޔުން ކިޔާލުމުން