މަޖީދީމަގާއި ބޮޑުތަކުރުފާނުމަގުން 400 އަށްވުރެ ގިނަ އުޅަނދު ޓޯވކޮށްފިއެވެ.
މިގޮތުން ފުލުހުން މިއަދު ޝާއިޢުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ޖޫން 12 އިން 30 ގެ ނިޔަލަށް، މަޖީދީމަގުން 216 ދެފުރޮޅުލީ އުޅަނދާއި 2 ހަތަރު ފުރޮޅުލީ އުޅަނދުގެ އިތުރުން ތަކުރާރުކޮށް ޕާކުކުރަމުން ދިޔަ އެއް ސައިކަލު ވަނީ ޓޯވކޮށްފައެވެ.
މީގެ އިތުރުން ބޮޑުތަކުރުފާނު މަގުން 164 ދެފުރޮޅުލީ އުޅަނދާއި 38 ހަތަރު ފުރޮޅުލީ އުޅަނދުގެ އިތުރުން ތަކުރާރުކޮށް ޕާކުކުރަމުން ދިޔަ އެއް ކާރު ވަނީ ޓޯވކޮށްފައެވެ.
މިއާއެކު މި މުއްދަތުގެ ތެރޭގައި ފުލުހުން ވަނީ ޖުމުލަ 380 ދެފުރޮޅުލީ އުޅަނދާއި، 40 ހަތަރު ފުރޮޅުލީ އުޅަނދުގެ އިތުރުން ތަކުރާރުކޮށް ޕާކުކުރަމުންދިޔަ އެއް ސައިކަލާއި ކާރު ޓޯވކޮށްފައެވެ.
މަޖީދީމަގުގައި ޕާކުކުރާ އުޅަނދުތައް ޓޯވކުރާނެކަން ފުލުހުން ޖޫން 12 ވަނަ ދުވަހު އިޢުލާންކުރިއިރު، ބޮޑުތަކުރުފާނުމަގުގައި ވެސް ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވކުރާނެކަން ފުލުހުން އިޢުލާންކުރީ ޖޫން 16 ގައެވެ.
މިގޮތަށް ފުލުހުން ޓޯވކުރާ އުޅަނދުތައް ދޫކުރާނީ 48 ގަޑިއިރު ފަހުންނެވެ.
މި ލިޔުން ކިޔާލުމުން