ކެނެޑާ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، އަނީތާ އަނަންދް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
މިނިސްޓަރ ގެ މެސެޖުގައި ކެނެޑާ ދުވަހުގެ މުނާސަބަތުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އެމަނިކުފާނުގެ އަމިއްލަ ނަމުގައި، އެ ކަމަނާ އާއި ކެނެޑާ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވިއެވެ.
Foreign Minister Dr. Khaleel sends Canada Day greetings to the Minister of Foreign Affairs of Canada
📃 Press Release | https://t.co/qSfrP5DsRP pic.twitter.com/uF7NosiLDf
— Ministry of Foreign Affairs 🇲🇻 (@MoFAmv) July 1, 2025
''ދިވެހިރާއްޖެ އާއި ކެނެޑާ އާ ދެމެދު އޮންނަ ސިޔާސީ ޤުޅުމަކީ، އިޚްތިރާމާއި ޤަދަރުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެކެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ދިވެހިރާއްޖެ އާއި ކެނެޑާ އާ ދެމެދު އޮންނަ ވަރުގަދަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތެވެ'' މިނިސްޓަރ ގެ މެސެޖްގައި ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން