ޅ. ހިންނަވަރުގައި އައުޓްޑޯ ޖިމެއް ޤާއިމްކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.
އާރުޑީސީން މިކަން ހާމަކުރީ އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ސަރުކާރުން ކުރިއަށް ގެންދާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން މި ކޯޕަރޭޝަނާއި ހަވާލުކޮށްފައިވާ ޅ. ހިންނަވަރުގެ އައުޓްޑޯ ޖިމްގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ.#TeamRDC pic.twitter.com/EPPO8ZDQZo
— Road Development Corporation Ltd (@rdcmaldives) June 29, 2025
މިގޮތުން އާރުޑީސީން ބުނީ ސަރުކާރުން ކުރިއަށް ގެންދާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން މި ކޯޕަރޭޝަނާއި ހަވާލުކޮށްފައިވާ ޅ. ހިންނަވަރުގެ އައުޓްޑޯ ޖިމްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
291،600ރ. ގެ އަގުހުރި މި މަޝްރޫޢުގެ މަސައްކަތް ސަރުކާރުން އާރުޑީސީއާ ހަވާލުކުރީ މިދިޔަ މާރިޗު މަހުގެ 29 ވަނަ ދުވަހުއެވެ.
އާރުޑީސީން ދަނީ މީގެ އިތުރުންވެސް ހިންނަވަރު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްވެސް ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން