މި ފެށުނީ އިސްލާމީ އައު އަހަރެއް ނޫން، ހިޖުރީ އައު އަހަރެއް ކަމުގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މާފުކުރައްވާށެވެ! މިފެށުނީ އަކީ އިސްލާމީ އާއަހަރެއް ނޫނެވެ. ހިޖުރީ އާ އަހަރެކެވެ. 1447 އަކީ "ހިޖުރީ" އަހަރެކެވެ. އިސްލާމީއޭ ބުނެވޭނީ ހަމައެކަނި ޤުރްއާނުން ނުވަތަ ސުންނަތުން ސާބިތުވާ ނުވަތަ ދެނެގަނެވޭ ކަންކަމަށެވެ.
— Maumoon Abdul Gayoom (@maumoonagayoom) June 28, 2025
މިގޮތުން މައުމޫން ވިދާޅުވީ 1447 އަކީ "ހިޖުރީ" އަހަރެއް ކަމަށާއި، އިސްލާމީއޭ ބުނެވޭނީ ހަމައެކަނި ޤުރްއާނުން ނުވަތަ ސުންނަތުން ސާބިތުވާ ނުވަތަ ދެނެގަނެވޭ ކަންކަމަށް ކަމުގައެވެ.
ހިޖުރީ އައު އަހަރު ފާހަގަކުރަނީ ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި ހާދިސާގެ މައްޗަށެވެ. މިއީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުނު ހާދިސާއެވެ.
މިދިޔަ ހަފުތާގެ ހުކުރު ޚުޠުބާގައި ވިދާޅުވީ ހިޖުރައިގެ މާނައަކީ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމަށް ވުރެ މާ ފުޅަ މާނައެއް އޮތް ކަމެއް ކަމަށާއި، ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުން ކަމަށެވެ.
އެހެން އަހަރުތަކެކޭވެސް އެއްގޮތަށް، މި އަހަރުގެ ހިޖުރީ އައު އަހަރު ފެށުނު ދުވަސް ކަމަށްވާ މިދިޔަ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ.
މި ލިޔުން ކިޔާލުމުން