ކްރިމިނަލް ކޯޓަށް ޖާގަ އިތުރުކުރުމަށް ހަދާ އައު އިމާރާތް އަންނަ މަހު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެތަނުގެ މަސައްކަތް ކުރިއަށް ދާގޮތް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަހު މުސްތަފާ ބައްލަވާލެއްވިކަމަށެވެ.
Chief Judicial Administrator Amjad Musthafa visited the new Criminal & Drug Court building in Hulhumale’ to monitor the progress of the ongoing renovation. The facility is set to open next month to help ease the current space issues.@CRCMaldives @MVDrugCourt pic.twitter.com/R0WwkrSe7V
— Maldives Judiciary (@judiciarymv) June 25, 2025
އަދި އެތަނަކީ ކްރިމިނަލް ކޯޓް އަދި ޑްރަގް ކޯޓްގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ހަދަމުންދާ އިމާރާތެއް ކަމަށެވެ.
އެ އިމާރާތް ހުންނަނީ ހުޅުމާލޭ ފޭސް އެކެއްގައެވެ.އެތަނުގައި ކުރިންވަނީ ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ހިންގާފައެވެ.
ކުރިމިނަލް ކޯޓް ހިންގަމުން އަންނަ ހަތަރު ބުރީގެ އިމާރާތް ވަރަށް ބޮޑަށް ބާވެ، ހަލާކުވެފައިވާތީ ކަމާބެހޭ މާހިރުން އެ އިމާރާތުގެ އިންސްޕެކްޝަނެއް ވަނީ ހަދާފައެވެ. އެއީ ބޭނުން ކުރަން އެއްވެސް ވަރަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް އެ ފަރާތްތަކުން އިރުޝާދު ދީފައިކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ވަނީ ހާމަކޮށްފައެވެ
މި ލިޔުން ކިޔާލުމުން