ރާއްޖޭގެ ތާރީޚީ ބައެއް ބިނާތައް ސާފުކޮށް ބަލަހެއްޓުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ބައެއް އަމަލީ އެހީތެރިކަން ދެއްވަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ވުޒާރާއާ އެކު ފަހުމުނާމާއެއްގައި ސޮއިކުރައްވައިފިއެވެ.
މި ފަހުމުނާމާގައި ސޮއި ކުރުން އޮތީ އިއްޔެ މިކަމަށްޓަކައި ވެމްކޯގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން މި ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ މުޙައްމަދު ޔާނިޢު ހާޝިމެވެ. ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ މުޖުތަބާ ޖަލީލެވެ.
ވެމްކޯގެ ފޮޅާ ސާފުކުރުމުގެ ޙިދުމަތް “ޙޮބާ” ހޯދުމަށް، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި އެކު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވުނު ރަސްމިއަޔާތުގެ ތެރެއިން . pic.twitter.com/nWKBZJB7RZ
— Waste Management Corporation Limited (WAMCO) (@WAMCOmv) June 17, 2025
މި އެއްބަސްވުމުގެ ސަބަބުން ޚިދުމަތްދޭން ވެމްކޯއަށް ފަސޭހައިން ވާސިލުވެވޭ ގޮތަށް ހުރި ތަރިކައިގެ ބައެއް ބިނާތައް ކޮންމެ ތިންމަހަކުން އެއްމަހު ވެމްކޯގެ ފަރާތުން ބައްލަވައި ވެކިއުމްކުރައްވައި ތަނުގެ ސާފުކަމާއި ޒީނަތްތެރިކަމަށް ބޭނުންވާ ޚިދުމަތްތައް ދެއްވަމުންގެންދަވާނެ އެވެ.
ދިވެހިރާއްޖޭގެ ތަރިކަ ރައްކާތެރި ކުރުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ މަސައްކަތަކަށް ވާއިރު، ޤައުމީ މި މަސައްކަތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެއްބާރުލުން ދަނީ ލިބެމުންނެވެ
މި ލިޔުން ކިޔާލުމުން