ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ނައިބު ރައީސް ކަމަށް އިބްރާހީމް ޝަމީލް އިންތިޚާބުވެއްޖެއެވެ.
ޝަމީލް މި މަޤާމަށް އިންތިޚާބުވެފައިވަނީ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން ހޮވުމަށް އިއްޔެ ބޭއްވި އިންތިޚާބުގައި 291 ވޯޓު ހޯދައިގެންނެވެ. ޝަމީލާ ވާދަކުރި މަޢާޝާ ލުޠުފީއަށް ލިބިފައިވަނީ 216 ވޯޓެވެ.
މީގެ އިތުރުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށްވެސް އިއްޔެ ވަނީ ދެ ބޭފުޅަކު އިންތިޚާބުކޮށްފައެވެ. މިގޮތުން އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް އިންތިޚާބުވެފައިވަނީ މެންބަރުކަމަށް، ށ. މަރޮށި، ސީނާ، ޢަބްދުﷲ ނާހިދު، އަދި ހއ. އިހަވަންދޫ، އުދަރެސް، އަޙްމަދު ޝާފިޢު އެވެ.
އިއްޔެ ބޭއްވި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވަނީ ޖުމުލަ 1،086 މެންބަރުންނެވެ. މީގެ ތެރެއިން ނައިބު ރައީސް ހޮވުމަށް ނެގި ވޯޓުގައި 507 މެންބަރުން ވޯޓު ދީފައިވާއިރު، ވޯޓުނުލާ 579 މެންބަރުން ތިއްބެވެ. މީގެ އިތުރުން އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިޚާބުކުރުމަށް ނެގި ވޯޓުގައި ބައިވެރިވީ 483 މެންބަރުން ކަމަށްވާއިރު، 603 މެންބަރުން ވޯޓުނުލާ ކަމަށް ބާ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
މި ލިޔުން ކިޔާލުމުން