ޗައިނާއާއެކު ތަޢުލީމީ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ޗައިނާ އިން ދިވެހިރާއްޖެ އަށް އަލަށް ޢައްޔަންކުރެއްވި ސަފީރު، އެކްސެލެންސީ ކޮންގ ޝިއަންހުއާ، ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުގެ އަރިހަށް ހޯމަ ދުވަހު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.
Chinese Ambassador to the Maldives, H.E. Kong Xianhua, paid a courtesy call on Minister of Education, Dr. Ismail Shafeeu, today.
The meeting focused on further strengthening the longstanding educational cooperation between the Maldives and China pic.twitter.com/ICuMXVGTZo
— Ministry of Education (@MoEdumv) June 16, 2025
މިގޮތުން މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ތަޢުލީމީ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ޗައިނާގެ ސަފީރާއެކު ވަޒީރު މަޝްވަރާކުރެއްވިއެވެ.
އަދި ޗައިނާ ސަރުކާރުން ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ވެދެއްވާ އެހީތެރިކަމަށް ވަޒީރު ޑރ. ޝަފީޢު ވަނީ ޝުކުރު އަދާރައްވާފައެވެ.
މި ލިޔުން ކިޔާލުމުން