ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވަމުންދާތީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައިވެސް ފުލޫ ކްލިނިކެއް ހުޅުވައިފިއެވެ.
އޭއީއެޗް އިން ބުނީ ޙައްޖުން ޙައްޖުވެރިން އެނބުރި އައުމާއެކު، އިންފްލުއެންޒާ ފަދަ ނޭވާލާ ނިޒާމުގެ އިންފެކްޝަންތަކާއި ބަލިތައް ފެތުރުން ހުއްޓުވުމަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.
In response to the increase in respiratory infections such as Influenza, and with the return of pilgrims from Hajj, we are taking steps to prevent the spread of respiratory illnesses. @presidencymv @HPA_MV @MoHmv pic.twitter.com/dvU0vB9imU
— Addu Equatorial Hospital (@aeh_mv) June 18, 2025
މިގޮތުން މިއަދުން ފެށިގެން ހިތްފަހި ކްލިނިކްގައި ކޮންމެ ދުވަހަކު 15:00 އިން 22:00 އަށް ފުލޫ ކްލިނިކް ހުޅުވިފައި ހުންނާނެ ކަމަށް އޭއީއެޗް އިން ބުނެފައިވެއެވެ.
ހުމާއި، ނޭފަތުން ފޭބުމާއި، ކެއްސުން އަދި ނޭވާލާން އުނދަގޫވުން ފަދަ ނޭވާލާ ނިޒާމުގެ އަލާމާތްތައް ހުރެއްޖެނަމަ ފުލޫ ކްލިނިކަށް ދެއްކޭނެ ކަމަށް އޭއީއެޗް އިން ބުނެއެވެ.
ޙައްޖުވެރިންނަށް ޚާއްޞަކޮށްގެން އައިޖީއެމްއެޗް އަދި ހުޅުމާލޭ ހޮސްޕިޓަލުގައިވެސް ވަނީ ފުލޫ ކްލިނިކް ހުޅުވައިފައެވެ.
މި ލިޔުން ކިޔާލުމުން