މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް 1.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.
މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި މިއީ ޖޫން 15 ވަނަ ދުވަހު ކިރާފައިވާ މަހަށް ވާ ފައިސާއެވެ. އެގޮތުން އެ ކުންފުނިން ވަނީ 31 ދޯންޏަކަށް 1،713،378ރ. ދައްކައިފައެވެ. މި ފައިސާ ޖަމާކޮށްދީފައިވަނީ ޖޫން 17 ވަނަ ދުވަހުއެވެ.
Fishing vessel payments have been credited to respective fishing vessel accounts. Credit settled period (15 June 2025). pic.twitter.com/Kk86LD9cnV
— MIFCO (@mifcomv) June 17, 2025
މިފްކޯއިން އަންނަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް މަސް ކިރާތާ 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ޖަމާކޮށްދެމުންނެވެ.
މަސްވެރި ސިނާއަތަކީ ދިވެހީންގެ ލޭނާރުގެ ގޮތުގައި އަލުން ފެންނާނެ ގޮތް ހެދުމަށް ބޭނުންވާ ފައިސާ މި ސަރުކާރުން ހަމަޖައްސާފައިވާ ކަމަށާއި، މަސްވެރި ސިނާއަތަށް ކުރިއަށް އޮތީ ބަހާރު މޫސުން ކަމަށް މީގެ ކުރިން ވަޒީރު ޝިޔާމް ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން