އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން ގއ. އާއި ގދ. އަތޮޅުގެ ރަށްތަކުގައާއި ތިނަދޫ ސިޓީ އާއި އައްޑޫ އަދި ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ފުލުހުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެގޮތުން އެރަށްރަށުގެ ކައުންސިލްތަކާއި ފުލުހުންނާއި ކުލަބް ޖަމްޢިއްޔާތައް ގުޅިގެން ހިންގި ހަރަކާތްތަކުގެ ތެރެއިން ބައެއް ރަށްރަށުގައި ހިންގި ހަރަކާތްތައް ހިންގުމުގައި ފުލުހުން އިސްދައުރެއް އަދާކޮށްފައިވާއިރު، މި ހަރަކާތްތައް ހިންގުމުގެ އިތުރުން ފުލުހުން ވަނީ ހަރަކާތްތައް ކުރިއަށްދިޔަ ވަގުތުތަކުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަރަކާތްތައް ކުރިއަށް ގެންދިޔަ ސަރަހައްދުގައި ހަރަކާތްތެރިވެ، ޓްރެފިކް ފްލޯ ބަލަހައްޓައި، އަމަން އަމާންކަން ގާއިމްކުރުމަށް މަސައްކަތްކޮށްފައެވެ.
ފުލުހުން ބުނީ ސައުތު ޕޮލިސް ރީޖަންގައި ހިންގި ހަރަކާތްތަކުގެ ތެރެއިން ގއ. ވިލިނގިލީ ކައުންސިލާއި އެކި މުއައްސަސާތަކާއި ކުލަބް ޖަމްޢިއްޔާތަކާ ގުޅިގެން ޖޫން 5 އިން 10 އަށް ހަރަކާތްތަކެއް ކުރިއަށްގެންދާ ކަމަށެވެ. މި ހަރަކާތްތައް ކުރިއަށްގެންދަނީ ވިލިނގިލީގެ ހަތަރު އަވަށާއި އެކި ސަރަހައްދުތައް ހިމެނޭގޮތަށެވެ. މި ހަރަކާތްތަކުގައި އޮފިޝަލުންގެ ގޮތުގައި ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ.
މީގެ އިތުރުން ގއ. ކޮނޑޭގައި ކުރިއަށް ގެންދިޔަ ޢީދު ހަރަކާތްތަކުގެ ތެރެއިން އީދު ހުޅުގެ މަސައްކަތާއި ކޯޑީގެ މަސައްކަތުގެ އިތުރުން ބޮޑުމަސް ހެދުމުގައި އެރަށުގައި މަސައްކަތްކުރާ ފުލުހުންވަނީ ބައިވެރިވެ އިސްދައުރެއް އަދާކޮށްފައެވެ. އަދި ގެމަނަފުށީގައި ކުރިއަށް ގެންދިޔަ އީދު މަޅި، ކޯޑި ކެނޑުން، މާލި ޕެރޭޑް އަދި އީދު ޝޯ ބޭއްވުނު ސަރަހައްދުގައި ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ފުލުހުން ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މީގެއިތުރުން ނިލަންދޫގައި ބޭއްވި އީދު މަޅި، އީދު ސައި އަދި އާއިލީ ހަވީރުގައި ފުލުހުން ބައިވެރިވެ، އެހަރަކާތްތައް ކުރިއަށްދިޔަ ވަގުތު ސަލާމަތީ ކަންކަން ބަލަހައްޓާފައިވެއެވެ. އަދި ގއ. ދާންދޫ ޕޮލިސް ސްޓޭޝަނާއި އެރަށު ކައުންސިލް ގުޅިގެން ވަނީ ވާދެމުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.
ގއ. ކޮނޑޭގައި ކުރިއަށް ގެންދިޔަ ޢީދު ހަރަކާތްތަކުގެ ތެރެއިން އީދު ހުޅުގެ މަސައްކަތާއި ކޯޑީގެ މަސައްކަތުގެ އިތުރުން ބޮޑުމަސް ހެދުމުގައި އެރަށުގައި މަސައްކަތްކުރާ ފުލުހުންވަނީ ބައިވެރިވެ އިސްދައުރެއް އަދާކޮށްފައެވެ. އަދި ގެމަނަފުށީގައި ކުރިއަށް ގެންދިޔަ އީދު މަޅި، ކޯޑި ކެނޑުން، މާލި ޕެރޭޑް އަދި އީދު ޝޯ ބޭއްވުނު ސަރަހައްދުގައި ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ފުލުހުން ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މީގެއިތުރުން ނިލަންދޫގައި ބޭއްވި އީދު މަޅި، އީދު ސައި އަދި އާއިލީ ހަވީރުގައި ފުލުހުން ބައިވެރިވެ، އެހަރަކާތްތައް ކުރިއަށްދިޔަ ވަގުތު ސަލާމަތީ ކަންކަން ބަލަހައްޓާފައިވެއެވެ. އަދި ގއ. ދާންދޫ ޕޮލިސް ސްޓޭޝަނާއި އެރަށު ކައުންސިލް ގުޅިގެން ވަނީ ވާދެމުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.
ގދ. އަތޮޅުގައި ހިންގި އީދުގެ ހަރަކާތްތަކަށް ބަލާއިރު، މަޑަވެލި އަދި ހޯޑެއްދޫގައި ކުރިއަށް ގެންދިޔަ އީދުގެ ހަރަކާތްތައް ކުރިއަށްދިޔަ ސަރަހައްދުގެ ސެކިއުރިޓީ ކަންކަން ފުލުހުން ބަލަހައްޓާފައިވާއިރު، މަޑަވެލީ ކައުންސިލުން ބޭއްވި ކުޑަކުދިންގެ ހަވީރުގައި ފުލުހުން ބައިވެރިވެ ސްޓޯލެއް ގާއިމްކޮށްފައިވެއެވެ. މީގެއިތުރުން މަޑަވެލީ ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން ޓްރެޝަރ ހަންޓެއް ބާއްވާފައިވާއިރު، ގައްދޫގައި މަސައްކަތްކުރާ ފުލުހުން ވަނީ ޢީދާ ގުޅިގެން ހަދިޔާ ބެހުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. އަދި ގދ. ފިޔޯރީގައި ވަނީ ހަވީރު ކުޅިވަރާއި ވޮލީބޯޅަ މުބާރާތެއް ބާއްވާފައެވެ.
ގދ. ވާދޫގައިި އީދާ ގުޅިގެން ބޭއްވި އީދު މަޅި، އަދި ކުޅިވަރު ހަރަކާތްތަކުގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމުގެ އިތުރުން ފުލުހުން ވަނީ ޓްރެފިކް އޮޕަރޭޝަނެއް ހިންގާފައިވެއެވެ.އަދި ފަރެސްމާތޮޑާގައި މަސައްކަތްކުރާ ފުލުހުންނާއި ފަރެސްމާތޮޑާ އެކުވެރިންގެ ގުޅުން ޖަމްޢިއްޔާ އާ ގުޅިގެން އެރަށުގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނާއި ބައްދަލުކޮށް، ހާލު ބަލައި އީދު ހަދިޔާ ދިނުމުގެ ހަރަކާތެއް ހިންގާފައެވެ.
ތިނަދޫ ސިޓީގައި އީދާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ފުލުހުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ކައުންސިލުގެ ފަރާތުން ބޭއްވި ކުޑަކުދިންގެ ހަވީރުގައި ފުލުހުންނާއި ސްޕެޝަލް ކޮންސްޓަބްލަރީ ފުލުހުންގެ ސްޓޯލެއް ބަހައްޓާފައިވެއެވެ. އަދި ރަށުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ފުލުހުން ބައިވެރިވުމުގެ އިތުރުން ރަށުތެރެ ޕެޓްރޯލްކޮށް ބެލެހެއްޓުމާއި ކުޅިވަރުތައް ކުޅޭ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓާފައިވެއެވެ.
މީގެ އިތުރުން ފުވައްމުލަކު ސިޓީގައި އީދާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ކުޑަކުދިންގެ ހަވީރުގައި ފުލުހުން ވަނީ ބައިވެރިވެފައެވެ. އަދި އައްޑޫ ސިޓީގެ އެކި އަވަށްތަކުގައި ކުރިއަށް ގެންދިޔަ ސަގާފީ އަދި ކުޅިވަރު ހަރަކާތްތަކުގައި ފުލުހުން ވަނީ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވެފައެވެ.
މި ލިޔުން ކިޔާލުމުން