މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބައެއް ހިސާބުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މިގޮތުން މެޓް އޮފީހުން ވަނީ މިއަދު 06:30 އިން 11:30 އަށް ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީގެ ރަށްތަކަށް ހުދު ސަމާލު ނެރެފައެވެ. އެ އިދާރާއިން ބުނީ މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިއަދު 10:00 އިން މާދަމާ 10:00 އަށް މެޓް އޮފީހުން ރާއްޖޭގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން ޢާއްމުގޮތެއްގައި ރަގަޅުވާނެއެވެ.
މީގެ އިތުރުން، ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ރާޅުގެ އުސްމިނުގައި 3-5 ފޫޓު ހުންނާނެ ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.
މި ލިޔުން ކިޔާލުމުން