ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަކީ ކޮންމެ ދިވެއްސެއްގެ ޒިންމާއެއް ކަމުގައި ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން މިހެން ބުނެފައިވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.
މިއަދު އަޅުގަނޑުމެންގެ ނާޒުކު ޤުދުރަތީ ވެށި ވަނީ ނުރައްކަލުގެ ތެރެއަށް ވެއްޓިފައެވެ. މިކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ ޕްލާސްޓިކް.
އަޅުގަނޑުމެންގެ ރަށްފުށުގެ ދިރިއުޅުމާއި، މުރަކަތަކުގެ ރީތިކަމާއި، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަކީ ކޮންމެ ދިވެއްސެއްގެ ޒިންމާއެކެވެ. އަންނަން… pic.twitter.com/73Dtp36DmD
— Ministry of Tourism and Environment (@MoTmv) June 5, 2025
މިގޮތުން އެ ޕޯސްޓުގައި ބުނެފައިވަނީ މިއަދު އަޅުގަނޑުމެންގެ ނާޒުކު ޤުދުރަތީ ވެށި ވަނީ ނުރައްކަލުގެ ތެރެއަށް ވެއްޓިފައި ކަމަށާއި، މިކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ ޕްލާސްޓިކް ކަމަށެވެ.
މީގެ އިތުރުން ރަށްފުށުގެ ދިރިއުޅުމާއި، މުރަކަތަކުގެ ރީތިކަމާއި، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަކީ ކޮންމެ ދިވެއްސެއްގެ ޒިންމާއެއް ކަމުގައި އެ ޕޯސްޓުގައި ބުނެފައިވެއެވެ.
"އަންނަން އޮތް ޖީލުތަކަށް މި ރީތި ދިވެހިރާއްޖެ އޭގެ ޠަބީޢީ ސިފައިގައި ފެންނާނޭހެން ބެލެހެއްޓުމަކީ އަޅުގަނޑުމެންގެ އަމާނާތެއް"، އެ ޕޯސްޓުގައި ބުނެފައިވެއެވެ.
ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ 5 ވަނަ ދުވަހަކީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.
މި ލިޔުން ކިޔާލުމުން