ޙައްޖު ދުވަހާއި، އަޟްޙާ ޢީދު ދުވަހުގައި ވެމްކޯގެ ސައިޓްތަކުން ޚިދުމަތްދޭ ގަޑިތައް އާންމުކޮށްފިއެވެ.
މިގޮތުން ވެމްކޯއިން ވަނީ އެ ކުންފުނީގެ މާލެ ޓްރާންސްފާރ ސްޓޭޝަންއާއި، ތިލަފުށި ސައިޓުތަކުން ދެމުންގެންދާ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ވަގުތުތައް މިއަދު އިޢުލާންކޮށްފައެވެ.
ބަރަކާތްތެރި ހައްޖު ދުވަހާއި، އަޟްހާ ޢީދު ދުވަހުގައި ވެމްކޯގެ މާލެ ޓްރާންސްފާރ ސްޓޭޝަންއާއި، ތިލަފުށި ސައިޓުތަކުން ދެމުންގެންދާ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ވަގުތުތައް: pic.twitter.com/Wc7759NNOs
— Waste Management Corporation Limited (WAMCO) (@WAMCOmv) June 4, 2025
ވެމްކޯއިން ހާމަކޮށްފައިވާ ގޮތުގައި ޙައްޖު ދުވަހާއި ޢީދު ދުވަހު ވެމްކޯގެ މާލޭ ޓްރާންސްފަރ ސްޓޭޝަންގެ ޚިދުމަތް ލިބޭނީ 14:00 އިން 00:00 އަށެވެ. އަދި ތިލަފުށި ސައިޓުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 14:00 އިން 17:00 އަށެވެ.
މީގެ އިތުރުން ވެމްކޯއިން ބުނީ ޢީދު ދުވަހު ކެޕްސްގެ ޚިދުމަތް ފޯރުކޮށް ނުދޭނެ ކަމަށެވެ. މި އަހަރުގެ ޙައްޖު ދުވަހަކީ ޖޫން 5 ވާ ބުރާސްފަތި ދުވަހެވެ. އެހެންކަމުން މި އަހަރުގެ އަޟްޙާ ޢީދު ދުވަހަކީ ޖޫން 6 ވާ ހުކުރު ދުވަހެވެ.
މި ލިޔުން ކިޔާލުމުން